މިއަދު ގެއްލުނު ތިން ހައްޖުވެރިން ދިވެހި ހައްޖު މިޝަން އިން ހޯދައިފި ކަމަށް ދިވެހި ހައްޖު މިޝަން އިން ބުނެފި އެވެ.
މި ތިން ހައްޖުވެރިން ގެއްލުނީ ދިވެހި ހައްޖުވެރިން މިއަދު ބޮޑު ޖަމްރާއަށް ހިލަ އުކަން ދިއުމުގެ ތެރެއިންނެވެ. ނަމަވެސް ހައްޖު މިޝަން އަށް މި ތިން މީހުން ގެއްލިފައިވާކަން އެނގުމާއެކު މި ތިން މީހުން ހޯދަން މަސައްކަތްކޮށް، މާގިނައިރުތަކެއްނުވެ މި ތިން ހައްޖުވެރިން ހޯދިކަމަށް ހައްޖު މިޝަން އިން މައުލޫމާތު ދެއެވެ.
ހައްޖު މިޝަން އިން ބުނީ މި ތިން ހައްޖުވެރިން ހޯދިފަހުން މިއަދު އިރުއޮއްސުމުގެ ކުރިން ގޮސް ބޮޑު ޖަމްރާއަށް ހިލަ އުކާފައިވާ ކަމަށެވެ. އަދި މި ތިން ހައްޖުވެރިންވެސް މިހާރުތިބީ ދިވެހި ހައްޖު މިޝަންގެ ބެލުމުގެ ދަށުގައި ކަމަށް ހައްޖު މިޝަން އިން މައުލޫމާތު ދެއެވެ.