އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
އިބޫގެ އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ދެބޭފުޅުން މަޝްވަރާކުރެއްވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމައެއް ނުކުރައްވައެވެ.
އިމްރާންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަމުރުކޮށްފައެވެ. އޭގެ ފަހުން އެ ދެބޭފުޅުން ބައްދަލު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެކުރިން އިބޫ ވަނީ އިމްރާން އަދި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ހާލު އޮޅުންފިލުއްވައިފައެވެ. އިމްރާންއަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރެކެވެ.