މާލެއަށް ދަތުރު ކުރަމުން އައި ތެޔޮ ބޯޓެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީ އެފްއިން ބުނީ، "ދޮންދޫނި- 3" ނަމަކަށް ކިޔާ އެ ތެޔޮ ބޯޓު ލ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަނިކޮށް، އަރާފައި ވަނީ ނ. ނާލާފުށި ފުއްޓަރު ފަރާތު ފަރަށް ކަމަށެވެ.
ދެހާސް ލީޓަރުގެ ޑީސަލް ހިމެނޭ އެ ބޯޓުގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީއާއެކު ތިން ފަޅުވެރިންނެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 1:10 ގައި ކަމަށާއި، ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑް ސްކުއާޑްރޮން އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެހިސާބުގެ ކަނޑު ގަދަވެފައި އޮއިވެސް ބާރު ކަމަށެވެ.