އަޑިއަށް ގޮސްފައިވާ ލޯންޗެއްގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ލޯންޗަކީ، މާލޭ ދެކުނު ފަރާތު ފަޅުތެރެއަށް އަޑިއަށްގޮސްފައިވާ ލޯންޗެއް ކަމަށެވެ.
އެ ލޯންޗް ފެނުނީ މިއަދު ހަވީރު 5:18 ހާކަންހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށެވެ.
ފުލުހުންބުނީ ލޯންޗް ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް އެ ލޯންޗްގެ ވެރިފަރާތް އަދި ހޯދިފައި ނުވާ ކަމަށެވެ.