އައްޑޫ ފްލައިން ސްކޫލުގެ ޓްރެއިނިން ފްލައިޓެއް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ފްލައިން ސްކޫލުގެ ޓްރެއިނިން ފްލައިޓެއް ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:30 ހާއިރު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގި އިރު، ފްލައިޓުން ދަތުރުކުރީ ދެ މީހުން ކަމަށާއި އެ ދެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ މި ފުލައިޓުން ދަތުރުކުރީ ޓްރެއިނިން އިންސްޓްރަކްޓަރެއްގެ އިތުރުން ޕައިލެޓް ޓްރެއިނީއެއް ކަމަށެވެ. އަދި އޭގެން ދަތުރުކުރި ދެމީހުންވެސް ޝަންގްރިއްލާ ރިސޯޓުން ސަލާމަތްކޮށް މިހާރު އެ ރިސޯޓުގެ މެޑިކަލް ސެންޓަރަށް ގެންދެވިފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ސޯދިގް ވިދާޅުވިއެވެ.
ފުލައިޓް މިހާރު އޮތީ ޝަންގްރިއްލާ ރިސޯޓު ކައިރީ، ކަނޑު އަޑީގައެވެ.