ހަތަރު މީހުންނާއެކު ށ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއް ނ. ދެކެންފަރު ކިޔާ ފަޅުރަށެއް ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ.
ފަރަށް އަރާފައިވަނީ "ރޯޔަލް ސްޕީޑް" ނަމަކަށް ކިޔާ 43 ފޫޓުގެ ލޯންޗެކެވެ. މި ހާދިސާގެ ރިޕޯޓު ކޯސަޓްގާޑަށް ލިބިފައިވަނީ ރޭ މެންދަމު 01:05 ހާއިރުއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ލޯންޗް ފުންކުރުމަށް އެ ލޯންޗުގެ ވެރިފަރާތާ ގުޅިގެން އެހެން އުޅަނދެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ނޮދާން އޭރިއާ ސީޖީ ސްކޮޑްރޮން އިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. ލޯންޗު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓުގާޑުގެ ޑައިވަރުން ހަރަކާތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.