ޚަބަރު

ކާނިވާ ސަރަހައްދަށް އުދައަރަނީ، ސަމާލުވޭ!

އާނިފާ ހުސެއިން ސިރާޖް

މާލެ ކާނިވާ ސަރަހައްދަށް އުދައަރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.

މާލެ ކާނިވާ ސަރަހައްދަށް މިހާރު އުދައަރަމުންދާތީ ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވާނި އިލްތިމާސްކޮށްފައެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި ކާނިވާ ސަރަހައްދަށް އުދައަރަމުން ދަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެގޮތުން މުދާ ރައްކާތެރި ހިސާބެއްގައި ބެހެއްޓުމަށާއި ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް އީދު ބަންދު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.