ޚަބަރު

އެކުވެރި އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވައިލަން: މެންބަރު ޔާމީން

ޝަހީދާ އަބްދުﷲ ސައީދު

1

އެކުވެރި އަދީބަށް ބޭސްފަރުވާގެ އެންމެހައި ފުރުސަތު ތަކެއް ފަހިކޮށްދިނުމަށް ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް ގޮވައިލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދު މިގޮތަށް ގޮވައިލެއްވީ އޭނާ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި އަދި ފަހުން ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އިރު ވެސް އެންމެ އަރިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާމީން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ބަލިވީމަ ބޭސްކުރެވުން އެއީ އިންސާނީ ހައްގެއް ކަމަށާއި އެކަމަށް އިހުމާލުވުން އެއީ އިންސާނީ ކަރާމާތަށް އިހުމާލުވުން ކަމަށެވެ.

އަދީބަށް ބޭސްފަރުވާގެ ފުރުސަތުތައް ދިނުމަށް އެދި ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ އެކިއެކި މެންބަރުން މި ފަހަކަށް އައިސް ގެންދަވަނީ ގޮވައިލައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟