ޚަބަރު

ކަނޑު އުޅަނދުފަހަރު ޗެކް ކުރަން ކޯސްޓްގާޑުން ނުކުމެއްޖެ

ފަތޯނާ ފާއިޒު

ކުރިއަށް އޮތް އަލްހާ އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އީދު ބަންދަކީ ގިނަ ބަޔަކު ކަނޑު މަގުން ދަތުރު ކުރާ ދުވަސް ވަރަކަށް ވާތީވެ ހިންގާ އެ ޕްރޮގްރާމް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް އެމްއެންޑީއެފް އޭރިއާތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮންމެ ޗުއްޓީއަކާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން އަތޮޅުތެރެއަށް ދަތުރު ކުރާއިރު، މިފަދަ ދުވަސްތަކާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބަލަން ސިފައިންނާއި ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެއެވެ.

އެގޮތުން މިއަހަރުގެ ބޮޑު އީދު ބަންދާ ދިމާކޮށް ފުލުހުންގެ މެރިން ޕޮލިހުން ވެސް ދަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.