ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.
ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި މިތަކެތި ނައްތާލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެގޮތުން 13191.65 ކިލޯގުރާމުގެ އޫރުމަހާއި 1610.01 ލީޓަރުގެ ބަނގުރާ ނައްތާލާފައިވާކަމަށް ކަސްޓަމުން މައުލޫމާތުދެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ ރާއްޖެއަށް އެތުރެކުރަން އުޅެނިކޮން ހިފަހެއްޓޭ މަނާތަކެތި ކަސްޓަމުން ނައްތާލަމުގައި އަމަލުކުރާނެ އަުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމުގައި ވެސް ކަސްޓަމުން ބުންޏެވެ.