ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ފިނޭންސް މިިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ

ފަތޯނާ ފާއިޒު

1

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހަޅައިފިއެވެ. އަމީރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އަމީރު ހާޒިރު ކުރަން ބޭނުންވާ ސަބަބެއް ކަމަށް ޖާބިރު ވިދާޅުވެފައިވަނީ، ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި މަޝްރޫއުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށެވެ. އޭގެ އިތުރުން ސަރުކާރުން މިހާތަނަށް ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ އާއި އެ މަޝްރޫއުތަކުގެ ތެރެއިން ފައިސާ ދައްކައި ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ ސާފު ކުރައްވަން ވެސް ބޭނުންފުޅުވާ ކަމަށް މިނިސްޓަރު އަމީރު ހާޒިރުކޮށްދިނުމަށް އެދި މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން މިނިސްޓަރު އަމީރަށް މަޖިލީހަށް ހާޒިރުވުމަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައެވެ.

ސަރުކާރުގެ ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހަޅާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބުދަ ދުވަހު މަޖިލީހަށް ހާޒިރުކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި މީގެ ކުރިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވެސް މީގެ ކުރީން ވަނީ މަޖިލީހަށް ހާޒިރުކޮށް މެންބަރުން ސުވާލު ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟