މި އަހަރުގެ އަޟްހާ އީދުގެ ބަންދުގައި އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވާފައި ބަހައްޓަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ކަލްޗާ އެންޑް ހެރިޓޭޖުން ބުނީ، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދު ދުވަސްތަކުގެ ތެރެއިން އޯގަސްޓް 12 އިން 15 އަށް އުތީމު ގަނޑުވަރާއި ހުވަދޫ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށެވެ.
އީދު ބަންދުގައި ވެސް ދެ ތަން ހުޅުވާފައި ހުންނާނީ އާންމު ދުވަސްތަކުގައި ވެސް ހުޅުވާފައި ހުންނަ ގަޑީގައެވެ. އެއީ ހެނދުނު ގަޑި 8:15 އިން މެންދުރު ފަހު 1:30 އަށެވެ.
އަދި އީދު ބަންދަށްފަހު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ހުކުރު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު ވެސް އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.