ގައުމުގެ ފަޚުރަކީ ސިފައިން ކަން ފާހަގަކުރައްވައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ސިފައިން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފި އެވެ.
ނަސްރުގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ރާއްޖެއަށް ނުރައްކަލެއް އައުމުން ރައްކާތެރިކުރުމުގައި ކުރިންވެސް ސިފައިން ތިބި ގޮތަށް ގައުމު ހިމާޔަތް ކުރުމަށް މިއަދުވެސް ނުކުންނަން ތިބި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ 30 އަހަރު ކުރީން އައި ނޮވެމްބަރު ތިނެއްގެ ފަތިހަކީ ގައުމުގެ މިނިވަން ކަމާއި އިސްލާމް ދީނުގެ ނޫރަށް އައި އުދުވާނީ ހަމަލާއަށް ދިވެހީން ހޭލި ފަތިސް ކަމަށެވެ.
މިއަދަކީ ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހަށް ވާއިރު އެ ދުވަހާ ގުޅިގެން މިރޭ އެމްއެންޑީއެފް އިން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.