ބިދޭސީންތަކެއް ދިރުއުޅޭ އެޕާޓްމަންޓެއްގައި މިރޭ ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލިފާންގަނޑު ރޯވެފައިވަނީ ބިދޭސީން އުޅޭ އެޕާޓްމަންޓެއްގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ގ. މާޖެހިގޭގެ ފަސްވަނަ ފިންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ކޮޓަރިއެއް ތެރޭ އޮތް ގޮދަޑިއެއްގައި ރޯވެފައިވާ ކަމަށެވެ. އަދި ކޮޓަރި ތެރޭ ދުން ބޯވެފައިވާ ކަމަށާއި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ގޮދަޑީގައި ރޯވުމުގެ ސަބަބުން އިތުރު ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.