ފޮރިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީ ހިންގާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ދާނެކަމަށާއި، އެދުވަސްތަކުގައި އެ މިނިސްޓްރީ ހިންގާނީ އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލެ ފެރީޓާމިނަލްގެ އިރުމަތީ ހުންނަ އިމާރާތު)ގައި ކަމަށެވެ.
އަދި މަރާމާތުގެ މަސައްކަތް ނިމުމާ އެކު އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހިދުމަތްތައް އަނެއްކާވެސް ކުރީގެ އިމާރާތުން ދޭން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.