އަހްމަދު ނިހާން ހުސައިން މަނިކު

ރައީސް ނަޝީދު ވާދަކުރައްވާނީ ގަލޮޅު ދެކުނަށް، މަހޭ ސްޕޯޓްސް މިނިސްޓަރު ކަމަށް: ނިހާން

8

ރައީސް ނަޝީދު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

"ވަން އޮންލައިން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ގަޮލު ދެކުނު ދާއިރާގެ މެންބަރު ކަމުގައި މިހާރު ހުންނެވި އަހުމަދު މަޚުލޫފު، އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު ކަމުގެ ހުވާ ނޮވެމްބަރު 17 ވަނަ ދުވަހު ކުރައްވާނެ ކަމަށެވެ.

"މީ ތޯތޯ ވާހަކައެއް ނޫން. އަޅުގަނޑަށް ވަރަށް ޔަގީން ކަމާ އެކު ލިބިފައިވާ މައުލޫމާތުގެ އަލީގައި ބުނާ ވާހަކައެއް." ނިހާން ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހަށް ވާދަކުރެއްވުމާ މެދު ނޫސްވެރީން ސުވާލުކުރުމުން ދެއްވި ޖަވާބުން ވެސް އެމަނިކުފާނު މަޖިލީހަށް ވާދަކުރައްވާނެކަން ޔަގީންވެ އެނގިގެންދާ ކަމަށެވެ. އަދި މިހާރު ވެސް އެކަން ހަމަޖެހި ނިމިފައިވާ ކަމަށާއި ކެމްޕޭން ހަރަކާތްތައް ވެސް ކުރިޔަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވި އިރު، ރައީސް ނަޝީދު ރޭ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

2019 ވަނަ އަހަރުގެ މާޗު ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅު ބާއްވަން ނިންމައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރައީސް ނަޝީދު ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވާއިރު، މަހުލޫފު އެމްޑީޕީ އާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތަކެއް ވެސް ވަނީ މީޑިއާ ގައި ފެތުރިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟