އޭޝިޔާގެ 12 ވަނަ ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓުންނާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ބައްދަލުކުރައްވައިފިއެވެ.
ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ދެކުނު އޭޝިޔާގެ 12 ވަނަ ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ރާއްޖެއަށް ނިސްބަތްވާ ތިން އެތުލީޓަކު ވަނީ ރަން މެޑަލް ހޯދައިފައެވެ.
ރާއްޖެއިން ހޯދި ތިން ރަން މެޑަލް ހޯދައިފައި ވަނީ 55 ކިލޯ ކެޓަގަރީން މުހައްމަދު މޫސާއާއި ޖޫނިއާ މެންސް އޯޕަން ބޮޑީބިލްޑިން ކެޓަގަރީން އަހްމަދު މާހިލް ސައީދުގެ އިތުރުން މެންސް ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ކެޓަގަރީން އަޒްނީން ރަޝާދެވެ.
އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ ރާއްޖޭގައި ކަމަށް މިނިސްޓަރު މަހުލޫފު ވަނީ ވިދާޅުވެފައެވެ.
ޗެންޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓުންނާ ބައްދަލުކުރެއްވުމަށްފަހު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ނެޝަނަލް ޓީމަށް މުޅިން އަލަށް ބޭރު ގައުމެއްގެ ކޯޗެއް ހަމަޖައްސާނެކަމަށާއި ވަރަށް އަވަހަށް ޓީމަށް ހާއްސަ ޖިމެއް ވެސް ހުޅުވާނެ ކަމަށެވެ.