މެލޭޝިއާ އަދި އިންޑިއާގެ ތިން ސްކޮލަރޝިޕަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މީގެތެރޭގައި މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަސިސިޓީ (އެމްއެސްޔޫ)، ދާނިޝް އަހްމަދު ކޮލެޖް އޮފް އިންޖިނޭރިންގް އަދި ޓޭލާސް ޔުނިވާސިޓީގެ ސްކޮލަރޝިޕްތައް ހިމެނެއެވެ.
މި ސްކޮލަޝިޕް ތަކުގައި ދަރިވަރުން ފޮނުވުމަށް ހަމަޖައްސާފައި ވަނީ މެލޭޝިއާ އަދި އިންޑިއާ އަށެވެ.
އެމްއެސްޔޫ ގެ ބެޗަލާރްސް ޑިގްރީ ޕްރޮގްރާމަގެ ދަށުން 100 ޕަސެންޓް ކޯސް ފީ ހިލޭ، 50 ޕަސެންޓް ކޯސް ފީ ހިލޭ އަދި 20 ޕަސެންޓާއި 30 ޕަސެންޓާ ހަމަޔަށް ކޯސް ފީ ހިލޭ ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ސްކޮލަޝިޕަށް ނަން ހުށަހެޅުމުގެ އެންމެ ފަހުވަގުތަކީ 20 އޮގަސްޓް 2019 އެވެ.
ދާނިޝް އަހްމަދު ކޮލެޖް އޮފް އިންޖިނޭރިންގް ގެ ބެޗަލާސް ސްކޮލަޝިޕަގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ޓިއުޝަން ފީއެވެ.
މި ކޯސްތަކުގެ ސަކޮލަޝިޕަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 18 އޮގަސްޓް 2019 އެވެ.
ޓޭލާސް ޔުނިވަސިޓީގެ މާސްޓާސް ޑިގްރީތަކަކީ ޕާޓް ފަންޑެޑް ކޯސްތަކެކެވެ.
މި ކޯސްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހުވަގުތަކީ 20 އޮގަސްޓް 2019 އެވެ.