ރާއްޖެ ދޫކޮށް ފިލައިގެން އުޅެނިކޮން ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވަމުން ގެންދަވާ އެޕާޓްމަންޓް ފުލުހުން ބަލައި ފާސްކުރަން ފަށައިފިއެވެ.
ފުލުހުންގެ ފޮރެންސިކް ޓީމަކުން މިރޭ 11:15 އެހާކަންހާއިރު ވަދެފައިވަނީ، އަދީބާއި އަނބިކަނބަލުން ދިރިއުޅުއްވަމުން ގެންދަވާ އަމީނީ މަގުގައި ހުންނަ، ގ. ހުމަށީގެ ނުވަ ވަނަ ފަންގިފިލާއަށެވެ. އަދި އެގޭގެ ޓެރަސްވެސް ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބުގެ އެޕާޓްމަންޓް ބަލައި ފާސްކުރަނީ ފުލުހުން އެދިގެން، ކްރިމިނަލް ކޯޓުން ނެެރެފައިވާ ކޯޓް އަމުރެއްގެ ދަށުން އެވެ. އަދި އެޕާޓްމަންޓް ފާސްކުރަނީ އަދީބުގެ ލޯޔަރުންގެ ހާޒިރުގައި ކަމަށްވެސް މައުލޫމާތުލިބެއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ފަރާތުންވެސް އަދި އަދީބުގެ ލޯޔަރުންގެ ފަރާތުންވެސް އަދި ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އިންޑިޔާގެ ފުލުހުން އަދީބު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަދުވަހުއެެވެ.
އަދި މިހާރު އަދީބް ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.