ޚަބަރު

ގެއެއްގެ ދެވަނަ ފަންގިފިލާގެ ފީވެފައިވާ ޑެކާއެކު ވެއްޓި މީހަކަށް އަނިޔާވެއްޖެ

އާނިފާ ހުސެއިން ސިރާޖް

މާފަންނުގައި ހުރި ގެޔެއްގެ ދެވަނަ ފަންގިފިލާގެ ޑެކް ފީވެގެން، އެ ޑެކްމަތީގައި ހުރި މީހަކާއެއްކޮން ޑެކް ވެއްޓި އެމީހާއަށް އަނިޔާވެއްޖެއެވެ.

ދެވަނަ ފަންގިފިލާގެ ޑެކް ފީވެގެން އެމީހާ ވެއްޓިފައިވަނީ 1 ވަނަ ފަންގިފިލާއަށެވެ.

މި ހާދިސާގައި ވެއްޓުމުގެ މީހާއަށް ބޮޑު އަނިޔާއެއް ނުވިނަމަވެސް ގައިގެ އެކިތަންތަނުން ހަން މަށައިގެން ގޮސް ލޭ އައިސްފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލައާ ގުޅިގެން، ހާދިސާހިނގި ތަނަށް ފުލުހުން ވަނީ ގޮސަފައެވެ. އަދި ސިޓީ ކައުންސިލަށްވެސް ވަނީ މި މައުލޫމާތުދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:57 ހާއިރުއެވެ.

މި އަދަކީ އެތަން ކުއްޔަށް ހިފައިގެން އެމީހާ އެތަނަށް ވަތް ފުރަތަމަ ދުވަހެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.