ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމް (ޖީއޭސީއެސް)ގައި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފި އެވެ.
ސިވިލް އޭވިއޭޝަންގެ މަޝްވަރާތައް ކުރުމަށް ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އޭވިއޭޝަން ދާއިރާ އަށް ދިމާވާ ދަތިތަކާއި، އެތަން މިވަގުތު އޮތް ހާލަތާއި، ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ހަމައެހެންމެ ދިމާވާ އެކި ކަހަލަ މައްސަލަތައް ހައްލު ކުރުމާ ބެހޭ ގޮތުން ވެސް މިނިސްޓަރު ނަހުލާ ވަނީ ވާހަކަފުޅުދައްކަވާފައެވެ.
އޭގެ އިތުރުން މި ބައްދަލުވުމުގައި ސިމްޕޯޒިއަމްގައި ސިވިލް އޭވިއޭޝަންގެ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި، އެހެނިހެން ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
ސިމްޕޯޒިއަމްގައި ކުރިއަށް ގެންގޮސްފައިވަނީ، ތައިލެންޑްގެ ޕުކެޓް ގައެވެ. އެ ސިމްޕޯޒިއަމް އަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ތައިލެންޑް ބިއުރޯ އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނަޒޭޝަން (އިކާއޯ) ގުޅިގެން ކުރިއަށް ގެންދިޔަ ސިޕްމޯޒިއަމް އެކެވެ.