ސެންޓްރަލް ފިލިޕީންސްގައި ކޮޅިގަނޑެއްގައި ޖެހިގެން ހިނގި 2 ފެރީ ބޯޓު ފެތުމުގެ ހާދިސާގައި 7 މީހުން މަރުވެ 13 މީހަކު ގެއްލިއްޖެއެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުން ބުނި ގޮތުގައި މިކަން ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި ފިރިހެނެއް ކަމަށްވެސް މައުލޫމާތުލިބެއެވެ.
މީގެ އިތުރުން ފިލިޕީންސް ގެ ކޯސަޓްގާޑުގެ މަސައްކަތުން ސާޅީހަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ފެތިފައިވަނީ "ޗެޗެ" އަދި "ކެޒިއަ" ނަމަކަށް ކިޔާ ދެ ފެރީ ބޯޓެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުން ބުނި ގޮތުގައި މި ދެ ބޯޓު ފެތިފައިވަނީ ދަތުރުކުރަމުން ދިޔަ ހިސާބުގައި ގަދަ ވަޔާއެކު ކުއްލިއަކަށް އުފެދުނު ކޮޅިގަނޑެއްގައި ޖެހިގެންނެވެ.