ޚަބަރު

އަދީބު އަދިވެސް ހުރީ ޓަގު ބޯޓުގައި

ފަތޯނާ ފާއިޒު

ނުފިއްލަވާނެ ކަމަށް ވިދާޅުވެ ޓަގު ބޯޓެއްގައި ފިިލައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް ހައްޔަރު ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ ޓަގު ބޯޓުގައި ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

އިންޑިއާގެ އައިއޭއެންއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހިފަހައްޓާފައިވާއިރު، ސެންޓްރަލް ގަވަރމަންޓް އޭޖެންސީން އަދިވެސް ދަނީ އަދީބާ ސުވާލުކުރަމުންނެވެ. އެގޮތުން އަދީބު އަދިވެސް ހުންނެވީ ޓަގް ބޯޓުގައި ހިފަހައްޓާފައި ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރު ފިލުވުމުގައި ބައިވެރިވެ، އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރަރާތްކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓު ތަރައްގީކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށްފަހު އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ، އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައާއި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތުހުގީގުކުރެވޭ އަދީބު ބުދަ ދުވަހު ތަހުގީގަށް ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ ޓުއްޓިކުރިންގެ އެއާޕޯޓުން އަދީބު ހައްޔަރުކުރީ ޓަގު ބޯޓުގައި ބަނދަރަށް ކައިރި ކުރުމުންނެވެ. އަދީބު ޓަގް ބޯޓަށް އަރާފައިވަނީ ބޭސް ފަރުވާ ކުރަންދާ މީހަކަށް ހެދިގެން ކަމަށް މައުލޫމާތު ލިބެއެވެ.