ޑރ. މުހައްމަދު މުއިއްޒު

ޕާކުތައް ދަނީ ވީރާނާވަމުން: މުއިއްޒު

ފަތޯނާ ފާއިޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން މާލޭގައި އަޅުއްވައިދެއްވި ޕާކުތައް ވީރާނާވަމުންދާ ކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްފަންނާއި، މާލޭގައި ހަދާފައިވާ 12 ޕާކު ރަނގަޅަށް ނުބަލަހައްޓާތާ އަށްމަސް ވެފައިވާ ކަމަށެވެ. އަދި އެތަންތަން ދަނީ ވީރާނާ ވަމުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖަޒީރާ ވެރިކަން ފެށުނު ފަހުން، ޖަޒީރާވަންތަ ތަންތަން ބެލެހެއްޓުން އޮތީ ބޮއްސުންލާފައި ކަމަށެވެ. މުއިއްޒުގެ ޓްވީޓުގައި ވަނީ ރަސްފަންނުގެ ހާލަތާ މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓް