ހދ. ގެ ބައެއް ރަށްތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ. ނޮޅިވަރަންފަރަށް ޒިޔާރަތްކޮށްފިއެވެ. ނޮޅިވަރަންފަރަށް ނައިބު ރައީސް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ނައިބު ރައީސް ނޮޅިވަރަންފަރަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލް މެމްބަރުންނާއި ސްކޫލުގެ ސީނިއާ މެނޭޖްމަންޓާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި މިރޭ ނޮޅިވަރަމްފަރު ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނައިބް ރައީސް މިއަދު ނޮޅިވަރަންފަރަށް ވަޑައިގެންނެވިއިރު، މިއަދު އެ އަތޮޅު ކުޅުދުއްފުއްޓަށް ވަނީ ވަޑައިގެންފަ އެވެ.