ގދ. ތިނަދޫ ޓީ ޖެޓީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ ދަށުން ތިނަދޫ ޓީ ޖެޓީގައި 130 މީޓަރު ދިގު ކީވޯލެއް ރާނައި ދުވާރު އެޅުމާއި ހާބަރު ސަރަހައްދުގައި ލައިޓު ހަރުކުރުން ހިމެނެ އެވެ. އެއްބަސްވުމުގައި ވާގޮތުން މި މަޝްރޫއަކީ 180 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަންޖެހޭ މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ އިން ބުނީ މި މަޝްރޫއަށް 17,345,217.04 ރުފިޔާ ހަރަދުވާނެކަމުގައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ސަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހެވެ.