އެލޯވެރާ އަކި ވޮންޑާ ޕްލާންޓެކެވެ. މިއީ ސިއްހަތަށާއި ހަމަށްވެސް ނުހަނު ފައިދާ ބޮޑު ގަހެކެވެ. އެންޓިފަންގަލް އަދި އެންޓިބެކްޓީރިއަލް މާއްދާ ހިމެނޭ ގޮތަށް ތައްޔާރު ކުރެވޭ ރޯސް އެލޮވޭރާ ޖެލްއަކީ ހަމަށް އޮތް މެޖިކް ޕޯޝަނެކޭވެސް ބުނެވިދާނެއެވެ.
ގަންނަން ފަސޭހައިން މި ޖެލް ލިބެން ހުންނައިރު ބައެއް ފަހަރު އެއަށް ފެހި ކުލަ އަޅާފައި ނުވަތަ ޕްރިޒާވެޓިވްސް އަޅާފައިވެސް ހުރެއެވެ. އެހެންކަމުން އެންމެ ފައިދާ ވާނީ ގޭގައި އަމިއްލައަށް ތައްޔާރުކޮށްލުމެވެ.
އެލޯވެރާ ފަތެއް ނެގުމަށްފަހު ފަތުގެ އެތެރޭގައި ހުރި ޖެލް ނެގުމުގެ ކުރިން ރަނގަޅަށް ފަތް ދޮވެލާށެވެ. ފަތުގެ ކައިރި ކަނޑާލުމަށްފަހު މަތީބައި ޕީލްކޮށްލާފައި އޭގައި ހުރި އަލޮވޭރާކޮޅު ނަގާ ތަށްޓަކަށް އަޅާލާށެވެ. ބްލެންޑަރަކުން އެލޮވޭރާ ބްލެންޑްކޮށް ހިމުން ކޮށްލުމަށްފަހު އެއަށް ވިޓަމިން އީ ތެޔޮ ފޮދެއް ނުވަތަ ވިޓަމިން ސީ ޕައުޑަރު ކޮޅެއް އަޅާލާށެވެ.
އެއަށްފަހު ރޯސްވޯޓަރ ކޮޅެއް އެއަށް އެއްކޮށްލާށެވެ. އަދި އަނެއްކާވެސް ހުރިހާ އެއްޗެއް އެކީ ފެނަށްވަންދެން ބްލެންޑް ކޮށްލާށެވެ.
މި ޖެލް ތައްޔާރު ކުރާއިރު ގިނައިން ބޭނުންނަމަ ވިޓަމިން އީ އާއި ރޯސްވޯޓަރުވެސް ގިނައިން އަޅާށެވެ.