ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ

ފަތޯނާ ފާއިޒު

ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އަނެއްކާވެސް އިތުރުވެއްޖެއެވެ.

އެގޮތުން މިއަހަރުގެ ޖޫންމަހާ އަޅާބަލާއިރު، ޖުލައިމަހު އެބަލި ޖެހިގެން ރިޕޯޓް ކުރި މިންވަރު އިތުރުވެފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ. އެގޮތުން މިދިޔަ މަހު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކުރީ ހދ އަތޮޅާއޮި. ދ، ލ އަދި މާލެއާއި ހުޅުމާލެއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 3،195 މީހުން ރިޕޯޓް ކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ ދެއަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު ވެސް އިތުރު އަދަދެކެވެ.

އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ރ އަތޮޅާއި، ގއ އަތޮޅާއި، މާލެއިން ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 1345 މީހުންނަށް އެބަަލި ޖެހިފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ. ޖެނުއަރީމަހުން ފެށިގެން މޭމަހުގެ ނިޔަލަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ ނަމަވެސް ޖޫންމަހު އެދަދު ވަނީ ދަށްވެފައެވެ.