ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްއާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހައިލަމްގެ މައްސަލަ ބެލުމަށް ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން ބަލަން ނިންމާފައިވަނީ ހައިލަމްގެ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ހައިލަމްގެ އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ފޮނުވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. އެ މައްސަލަ ފޮނުވާފައިވަނީ ތައުދީބީ ކޮމިޓީއަށެވެ.
ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ އަންނަނީ ބަލަމުންނެވެ. އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ދީދީގެ އިތުރުން ޖޭއެސްސީން ދެން ބަލަމުން އަންނަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭ މައްސަލަތަކެކެވެ.