ޕާކިސްތާނުގެ ލަހޯރުގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މުހައްމަދް ޔަވަރް އިރްފާނާއި ފޮރިން މިނިސްޓަރ އަބްދްﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މި ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް އެހީތެރިވެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައިވެއެވެ.
އެގޮތުން ދެގައުމުގެ ދެމެދުގައި އޮންނަ ފަތުރުވެރިކަމުގެ ގުޅުމާއި ކުޅިވަރު ފަދަ ކަންކަމާ މެދުވެސް މި ބައްދަލުވުމުގައި މަޝަވަރަކުރައްވާފައިވެއެވެ.
ފޮރިން މިނިސްޓަރ އަބްދްﷲ ޝާހިދު މިހާރު ގެންދަވަނީ މިފަދަ އެތައް ދަތުރުފުޅުތަކެއް ކުރައްވައި ރާއްޖެއާއި އެހެނިހެން ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރައްވަމުންނެވެ.
މީގެ އިތުރުންވެސް ރަސްމީ ދަތުރެއްގައި ވަރަށް އަވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރު މިހާތަނަށް ވަނީ 19 ގައުމަކަށް ދަތުރު ކުރައްވާފައެވެ.