ޚަބަރު

ޖޯޖިއާގެ އޮނަރަރީ ކޮންސިއުލްގެ މަގާމަށް އަބްދުލް މަޖީދު

ފަތޯނާ ފާއިޒު

2

ޖޯޖިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސިއުލްގެ މަގާމަށް ހަމަޖެއްސެއްވި އަބްދުލްމަޖީދަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ފަތްކޮޅު އެރުއްވުމަށްފަހު މަޖީދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

އަދި ޖޯޖިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށްޓަކައި އޮނަރަރީ ކޮންސިއުލްގެ ދައުރުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރުމަށްޓަކައި އެކި ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާއެކުވެސް އެކުވެރި ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟