ޚަބަރު

އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވުމުގެ ޤަރާރު މަޖިލީހަށް ބަލައިގެންފި

އިބްރާހިމް ޒަކީ

އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލައި ހުށަހެޅި ޤަރާރު މަޖިލީހުން ބަލައިގެންފި އެވެ.

މި ގަރާރަކީ އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ބަލައި، ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި އުސޫލުން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީ އަށް ގޮވާލައި އެކަން ތަންފީޒު ކުރުމަށްޓަކައި ރާއްޖެއިން ބާރު އެޅުމަށް ގޮވާލާ ގަރާރެކެވެ.

މި ގަރާރުގައި ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫ އުރަހަ ކަންނެލި މަދު ކުރުމަށް އޮއިވާލި ކަނދު ފަތިތައް ކައިރިން މަސްވެރިކަން ކުރުމުގެ ބަދަލުގައި އައިންމަތީ މަސް އައިނުން މަސްވެރިކަން ކުރުމަށް ހިތްވަރު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމަށް ވަނީ ބާރު އަޅައިފައެވެ.

ގަރާރުގައިވާގޮތުން، އިންޑިއާ ކަނޑުގައި މިހާރު މަސްވެރިކަން ކުރަމުން ގެންދާ އުސޫލުތައް ބަދަލު ކުރައްޖެހެއެވެ.

މަސްވެރިކަން ކުރާ މިންވަރު އެކަށީގެންވާ މިން ވަރަކަށް ނުކުރެވޭނަމަ، ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށްބޮޑަށް ދަށްވެ، މުޅި ރާއްޖޭގެ އިގްތިސާދަށްް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.