ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބ. ދޮންފަނަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ސޯލިހު ދޮންފަނަށް ވަޑައިގަންނަވާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ދޮންފަނަށް ރައީސް ސޯލިހު ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދޮންފަނު ކައުންސިލާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މީގެ އިތުރުން ދޮންފަނުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖައްސަވައިފައެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމުގެ ގޮތުން ރައީސް ސޯލިހުގެ ދަތުރުފުޅު ފައްޓަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން އިއްޔެ ބ. ފެހެންދޫ، ބ. ފުޅަދު އަދި ބ. އޭދަފުއްޓަށް ރައީސް ޒިޔާރަތް ކުރެއްވެވި އެވެ.