ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޔާމީންގެ ސަރުކާރުން 4 އަހަރުން ހޯދި 1.9 ބިލިޔަން، މިސަރުކާރުން 3 މަސްދުވަހުން ހޯދި: މިނިސްޓަރު ޝާހިދު

އިބްރާހިމް ޒަކީ

3

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން 4 އަހަރު ތެރޭގައި ހޯދި 1.9 ބިލިޔަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ތިން މަސްދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާ މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ނައިފަރު ދާއިރާގެ މެންބަރު، އަހުމަދު ސިޔާމު، ފޮރިން މިނިސްޓަރު ޗައިނާއަށް ދަތުރު ކުރައްވާފައި ނުވާ މައްސަލައިގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝާހިދު ވިދާޅުވީ، ވަރަށް އަވަހަށް ޗައިނާއަށްވެސް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ވަކި ގައުމުތަކެއް އިސްތިސްނާ ނުކޮށް ގުޅުން ގާއިމް ކުރަން ކުރައްވާ ދަތުރުތަކަކީ، ބައިނަލް އަގުވާމީ މަޝްރަހުން ރާއްޖެ ބާކީވެފައިވާ ބާކީވުން އަނބުރާ ގެނައުމަށް ކުރައްވަމުން ގެންދަވާ ދަތުރުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަތަރު ގައުމަކަށް ފުރަމާނަ ދަތުރުފުޅު ކުރައްވާފައިވާ ކަމަށާއި، އެ ދަތުރުފުޅުތަކުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ 1.9 ބިލިޔަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ތިންމަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.

"ރާއްޖެއަށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އެއީ ރައީސް ޔާމީންގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ ހިލޭ އެހީ އެއީ 1.9 ބިލިޔަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ވަނީ ތިންމަސް ދުވަހުގެ ތެރޭގައި ހޯދައިފަ،" ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟