އިބްރާހިމް ޒަކީ
މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅޭ ގޮތަށް މަސްވެރިކަމާއި ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
މި ބިލާ ބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމަކީ، ހާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު އެދުމެއް ކަމަށެވެ.
އަހަރުގެ ބައެއް ދުވަސްވަރު މަހުގެ އަގު މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުން މަހަށް އެކަށީގެންވާ އަގު ނުލިބޭ ކަމުގެ ޝަކުވާއަށް ހައްލެއް ހޯދުމަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް، އަދި އެހެނިހެން މަސްވެރިކަމަށްވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު މިބިލުން މިހާރު ލިބޭނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
"ފްލޯ ޕްރައިސް ކަނޑައެޅިގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިންނެވެ." ބިލާއެކު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މަސްވެރިކަމުގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ދިވެހިންނަށް އެންމެ ނަފާވާ ގޮތްތަކެއް މަތިން ރާވައި ހިންގުމެވެ.
މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ސަރުލާރުން ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރަމުން އައި ލޭނުގެ މަސްވެރިކަން ނިމުމަކަށް ގެނެސް، ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ހުއްޓާލާފައިވާކަމަށް ބަޔާނުގައި ފާހަގަ ކޮސްފައިވެއެވެ.
އަދި ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި މަސް ގަތުމަށްޓަކައި ހަތަރު ކުންފުންޏަކަށް ދީފައިވާ އެސްކްލޫސިވް ރައިޓްސް ނިމުމަކަށް ގެނެސް އައު އިންވެސްޓަރުންނަށް މިސިނާއަތު ހުޅުވާލުމަށް އިކޮނޮމިކް ކައުންސިލުން ނިންމާ މިސިނާއަތު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ހާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް، މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް، ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކޮށްފައިވާނެއެވެ.
ރައީސް އޮފީބުންީ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަން ދެމެހެއްޓުމަށް، ރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް ބިލުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.
"މިގޮތުން، ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރެވޭނެ ކަމަށް މިޤާނޫނުގައި ވާނީ ބަޔާންކޮށްފައެވެ. ޤާނޫނަކުން މިފަދަ މަސްވެރިކަން މަނާކުރެވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު ބޭރު ދުނިޔޭގެ ތަސައްވުރު ރަނގަޅުވެ ބައިނަލް އަޤްވާމީ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގަށް ހެޔޮބަދަލުތަކެއް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.،" ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމަކީ ބޮޑު ޒިންމާއެއް ކަމަށެވެ.
މިބިލުގައި މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވަނީ ކަނޑައެޅިފައެވެ. އަދި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން
ވަގަށް މަސްވެރިކަންކޮށްގެން އަތުލައިގަނެވޭ، ބޭރުގެ ބޯޓު ފަހަރު ބޮޑެތި ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވާނީ ހިމަނާފައެވެ.
"ބޭރު ގައުމުތަކުގެ ގިނަ އުޅަނދުތަކަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. ވަގަށް މަސްވެރިކަންކުރަނިކޮށް ހުއްޓުވާ ގިނަ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގައި ހުރި ޤާނޫނީ ދަތިތަކުގެ ސަބަބުން މިކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. މިބިލުގައި މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވަނީ ކަނޑައެޅިފައެވެ. އަދި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވާނީ ހިމަނާފައެވެ.،" ނޫސްބަޔާނުގައި ވެއެވެ.