މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިސް ނަގައިގެން ބާއްވާ ޔޫތު ޓެކް ފެއާ 2019 ފަށައިފިއެވެ.
މާލޭ ކޮމިއުނިޓީ ސެންޓަރ (ސޯޝަލް ސެންޓަރ) ގައި ކުރިޔަށްދާ މި ފެއާ އަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި އުގައިލް ފައުންޑޭޝަނާއި ގުޅިގެން ބާއްވާ ފެއާ އެކެވެ. މި ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފްގެ އިތުރުން ޕްރޮފެސަރ ހަސަން އުގައިލް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫތު ޓެކް ފެއާ އަކީ ޒުވާނުން ބާރުވެރިކުރުވައި، ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއާއެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެއެވެ.
އެ ފެއާއާ ގުޅޭގޮތުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބައެއް ކަމަށާ، އެފަދަ ފެއާއެއް ކުރިއަށް ގެންދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ޔޫތު ޓެކް ފެއާ މާދަމާ އާއްމު ރައްޔިތުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، ފެއާ ބައްލަވާލެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ފެއާގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު ބައިވެރިޔާ ހޮވުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.