ޚަބަރު

ސިފައިންގެ ވައިގެ ހިދުމަތް ފުޅާ ކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި

ފަތޯނާ ފާއިޒު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ސޮއިކުރެއްވި ފަހުމުނާމާއަކީ، ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުންނަށް މަސައްކަތު އަމަލީ ތަޖުރިބާ ދިނުމަށް އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ. އަދި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ މުހައްމަދު ރިޒްވީއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެއްވި މި ފަހުމުނާމާގެ ދަށުން، ސިފައިންގެ ވައިގެ ހިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެއަށް ގެނެވޭ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން އުފެއްދުމާއި، ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ޤާބިލުކަން ލިބިފައިވާ ސިފައިންނަށް ހެދުމަށް ދެފަރާތުގެ އެހީތެރިކަން ހޯދުމަށް މި ފަހުމުނާމާގައި ހިމެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑައިރެކްޓަރ މުޙައްމަދު ރިޒްވީއާއި، އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި، އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑައިރެކްޓަރ މުހައްމަދު ރިޒްވީއާއި އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.