ޚަބަރު

ރައީސް ސޯލިހަށް ފުޅަދޫއިން ހޫނު މަރުހަބާއެއް

ފަތޯނާ ފާއިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ފުޅަދުއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުޅަދުއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުޅަދޫ ކައުންސިލަރުންނާ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ސޯލިހު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފުޅު ކުރައްވާ، ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވަމުންނެވެ.