އާއްމުން ދިރިއުޅޭ އަވަށެއްގެ ސަރަހައްދަކަށް ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ އެވެ.
ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވާ ގޮތުން މި ހާދިސާގައި މަރުވެފައިވަނީ ބޯޓުގައި ތިބި ފަސް ސިފައިންގެ މީހަކައި އާއްމުންގެ 12 މީހެކެވެ.
މީގެ އިތުރުން އާއްމުންގެ 12 މީހެއް ޒަހަމުވެފައި ވާތީ އެމީހުންނަށް ފަރުވާ ދެމުންދާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ވެރިރަށް އިސްލާމް އާބާދު ކައިރީގައި އޮންނަ ރާވަލްޕިންޑީ ގައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.