ޚަބަރު

ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އިފްތިތާހުކޮށްފި

ފަތޯނާ ފާއިޒު

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި، ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އިފްތިހާހް ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުން، އެ މުވައްޒަފުންގެ ހާލަތު ދެނެގަންނަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިރޭ އިފްތިތާހު ކުރުމާއެކު، ފަށާ މަސައްކަތް ހަމަސް ދުވަސްތެރޭގައި ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖެއަށް މުއްސަނދިކަން ލިބުނީ ޓުއަރިޒަމްގެ ސިނާއަތުން ކަމަށެވެ. އެގޮތުން ރާއްޖެއަށް މުއްސަނދިކަން ލިބުނީ ރިސޯޓު ހަދައިގެން ކަމަށް ރައީސް ނަޝީދު ވިދދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލައްވާނެކަން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހާމަކުރެއްވީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. އަލީ ވަހީދު ވިދާޅުވީ، އެދަފްތަރު އެކުލަވާލެވުމުން، ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.