ހުޅުމާލޭ ކޯޓުގައި ވަގުތީގޮތުން މަސައްކަތް ކުރާ މެޖިސްޓްރޭޓް ހުސައިން ރަޝީދު އެ ކޯޓަށް ބަދަލުކުރި މަގުސަދު ހާސިލުނުވާ ކަމަށް ބުނެ އޭނާ ފުވައްމުލަކު ކޯޓަށް ބަދަލު ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ ކޯޓަށް މެޖިސްޓްރޭޓް ހުސައިން ރަޝީދު ބަދަލު ކުރި މަގުސަދު ހާސިލުވަމުން ނުދާ ކަމަށް އޭނާގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނާތީ، އޭނާ ފުވައްމުލަކު ކޯޓަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ އޯގަސްޓްމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލަމުންނެވެ.
އެގޮތުން، ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ގއ.ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްވެސް ސަސްޕެންޑް ކުރަން ނިންމަވާފައެވެ.