ސުޕީރިއާ ކޯޓުތަކުން މައްސަލައެއް ބަލާ ބެންޗަށް ފަނޑިޔާރުން އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ ނުދެވޭނެ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވަނީ ސުޕީރިއާ ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗުގައި އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން އެކުލެވޭ ގޮތަށް ކަނޑައެޅުމަށް ލަފާ ދިނުމަކީ ގާނޫނީގޮތުން އެ ކޮމިޝަނަށް ކުރެވިދާނެ ކަމެއްތޯ ބެލުމަށް މަޝްވަރާކޮށްފައެވެ.
ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސުޕީރިއާ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި މައްސަލައެއްގެ ޒާތަށާއި މައްސަލައެއްގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަޑައިގެންވާ އެހެނިހެން ކަންކަމަށް ބަލައި، އެ މައްސަލައެއް އެއް ގާޒީއަށްވުރެ ގިނަ ގާޒީންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހަކުން ބެލުމަށް ބެންޗެއް އެކުލަވާލުމަކީ އެ ކޯޓެއްގެ އިސް ގާޒީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވާތީ، އެކަމަކީ އެ ކޮމިޝަނުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އެކަމަކީ ޖޭއެސްސީގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ، އެކަމުގައި ކޮމިޝަނުގެ ބަހެއް ކިޔޭނެ ކަމެއް ނޫން ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.