ޚަބަރު

ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު: ރައީސް ނަޝީދު

1

ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް. ސާފު ގޮތުގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު. އެ ނިޒާމަށް ބަދަލުކުރުމަށް ގާނޫނު އަސާސީގައި އެބައޮވޭ އެ ނިޒާމަށް ބަދަލުކުރުމަށް ހިނގަން ޖެހޭނެ މަގު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެންމެ ފައިދާ ހުރި ނިޒާމު ކަމަށް ދެކެނީ އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަށް ވާތީ ކަމަށެވެ. އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ގުޅޭގޮތުން ވާހަކަދައްކައި، ރަހުމަތްތެރިކަން ގެއްލޭ ކަންކަމަށް ދުވަހަކުވެސް ސާބަސް ނުދެއްވާނެ ކަމަށާއި އެމަނިކުފާނު ކުރައްވާ ކަމެއް ކުރައްވާނީ ފާޅުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟