ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ތިލަފުށީގައި ގާއިމުކުރި ކްލިނިކާއި، ބޭސްފިހާރަ ރަސްމީކޮށް ހުޅުވައިފި

ކ. ތިލަފުށީގައި ގާއިމުކުރި ކްލިނިކާއި، ބޭސްފިހާރަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.

ކްލިނިކާއި ބޭސް ފިހާރަ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑަސްޓްރިއަލް އެކި ކަހަލަ މަސައްކަތްތައްކުރާއިރު ހިފަހައްޓަންޖެހޭ ސަލާމަތީ މިންގަނޑުތަކާމެދު މުވައްޒަފުން މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރުވަންޖެހޭ ކަމަށެވެ.

ތިލަފުށީގައި ކްލިނިކަކާއި ބޭސް ފިހާރައެއް ހިންގުމަށް އެފް އެންޑް ސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 1 އޭޕްރީލް 2019 ގައެވެ.

މި ކްލިނިކުގައި ބަލިމީހުން ބަލާ އެއް ކޮޓަރި އާއި، ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިއަކާއި، އިންޖެކްޝަން ޖަހައިދޭ ކޮޓަރިއަކާއި އަދި ބޭސްފިހާރައެއްގެ އިތުރުން ރިސެޕްޝަނެއް ހުރެއެވެ.

މި ކްލިނިކް ހިންގަން އެން އެންޑް ސީ އާއި ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.