ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ފައްޓަވައިދެއްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އޮފީސް އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރީ 29 ޑިސެންބަރު 2018 ގައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒަންގް ލިޒޮންގް އެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރި ގޮތުގައި މިއެއްބަސްވުމުގެ ސަބަބުން މިނިސްޓްރީއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، އެ މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ވެގެންދާނެއެވެ.