މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފުޅަނދުބުރުގައި ބައިވެރިކުރުވި ފުޅަނދުތައް މިއަދު ހުޅުމާލޭގައި ދައްކާލުމަށް ހަމަޖައްސާފައިވާކަމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފިއެވެ.
މި ފުޅަނދުތައް ދައްކާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އަދި ރޭގަނޑު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެޗްޑީސީން މައުލޫމާތު ދިންގޮތުގައި މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ފުޅަނދުތައް ދައްކާލުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ރޭގަނޑު ފުޅަނދުތައް ދައްކާލުމަށް ހަމަޖައްސާފައިވަނީ 8:30 އިން 10:30 ށެވެ.
މިއަދު ފުޅަނދުތައް ހުޅުމާލޭގައި ދައްކާލުމަށް ހަމަޖައްސާފައިވާއިރު މާލޭ އެކުވެނި ވެލި ދަނޑުގައި އިއްޔެ ހަވީރު އަދި ރޭގަނޑު ފުޅަނދުތައް ވަނީ ދައްކާލާފައެވެ. އެގޮތުން އިއްޔެ ފުޅަނދުތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ފާހަގަކޮށްފައިވަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ.