ޚަބަރު

ފުވައްމުލަކު ހުރިހާ ޕުރީސުކޫލެއްގެ މުދައްރިސުންނާ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ފުވައްމުލަކު ސިޓީގެ ހުރިހާ ޕްރީސުކޫލެއްގެ މުދައްރިސުންނާ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ބައްދަލުކުރައްވައިފިއެވެ.

ދިވެހިބަހުގެ އެކަޑަމީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި، މިހާރަށްވުރެ ރަނގަޅަށް ދިވެހިބަސް ތުއްތު ކުދީންނަށް ކިޔަވައި ދެއްވޭނެ ގޮތްތަކާއި ދިވެހިބަސް ކިޔަވައިދެއްވުމުގައި މުދައްރިސުންނަށް ދިމާވާ ދަތިތަކާމެދު މަޝްވަރާކުރައްވާފައިވާކަމުގައެވެ.