ޚަބަރު

މީޑިއާނެޓުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ

އާނިފާ ހުސެއިން ސިރާޖް

މީޑިއާނެޓުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

މީޑިއާނެޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިޑިއާ ނެޓުގެ ޑައުންލިންކް ސިގްނަލަށް ދިމާވާ އިންޓަފެރަންސެއްގެ މައްސަލައެއްގެ ސަބަބުން މީޑިއާ ނެޓުގެ ހިދުމަތް ބޭނުން ކުރުމުގައި، އެކި ޗެނަލްތައް ފެނުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ.

އެ މައްސަލަ ދިމާވަނީ ކިހިނެއްތޯ ބަލައި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މީޑިއާ ނެޓުން ބުންޏެވެ.

އަދި މައްސަލަ ހައްލުވީހާ އަވަހަކަށް ކަސްޓަމަރުންނަށް އަންގާނެކަމަށް މީޑީއާނެޓުން ބުނެފައިވެއެވެ.

ބައެއް ޗެނަލްތައް ލިބުމުގައި ދަތިތައް ދިމާވުމުގެ ސަބަބުން މީޑިއާނެޓުން ވަނީ އެކަމަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދި ކަސްޓަމަރުން ކެއްތެރިކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.