މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބަނގު އާވި ހިމެނޭ ބުއިމެއް ވިއްކަން ހުރި މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ކަސްޓަމްސް

ރާއްޖޭގެ އާންމު ފިހާރަ ތަކުގައި ބަނގު އާވި ހިމެނޭ ބުއިމެއް ވިއްކަން ހުރި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ގާސްޓަލް" ޖަހާފައިވާ ދަޅުގައި ބަނގުއާވި ހުރިކަން މިއަހަރު ތެރޭގައި ފާހަގަކުރެވިގެން، އެކަން ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އަލްކަހޯލް ފުރީ ޖަހާފައިވާ މި ބުއިމަކީ ޖަރުމަނުގެ އުފެއްދުމެކެވެ.

ބަނގުއާވި ހުރި ބުއިމެއް ވިއްކަމުންދާ މައްސަލައިގައި މީސް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެތަކެތި ފިހާރަތަކުން ނެގުމަށް ގޮވައިލަމުންނެވެ.