ޚަބަރު

ކުޑަ ދެ ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

1

ކުޑަ ދެ ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ މިއަދުއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ފުލުސް މީހާއާ ދެކޮޅަށް، ކުޑަ ކުއްޖަކާމެދު ބަދު އަހުލާގީ އަމަލެއް ހިންގި ކަމުގެ މައްސަލަ ހުށަހަަޅާފައި ވަނީ މިއަހަރުގެ މާޗް މަހުގައެވެ.

އޭގެ ކުރިން 2018 ވަނަ އަހަރު އޮކްޓޫބަރ މަހުވެސް އެފަދަ މައްސަލަ އެއް އޭނާއާ ގުޅިގެން ހުށަހަޅާފއިވާކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކުރި މީހާއާބެހޭ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވި ނަމަވެސް މެއި މަހު ފުލުހުން މި މައްސަލަ ބަލަމުން އަންނަކަން އާންމުކުރި އިރު އެކި ނޫސް މީޑިއާތަކުގައި ވަނީ މި މައްސަލަގައި ތުހުމަތު ކުރެވިފައިވަނީ ފިރިހެން ފުލުސް ސާޖަންޓެއްކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅުނު އިރު މި މީހާ ހުރީ ނޯޕޭ ލީވް އެއްގައި ރާއްޖެއިން ބޭރުގައެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ އަނބުރާ ރާއްޖެ އައުމުންނެވެ.

މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް އަދި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟